Ali Ashfaq (@AliAshfaq07) header
Ali Ashfaq (@AliAshfaq07) profile picture
Maldives
Joined May 2013
Photo by Ali Ashfaq (@AliAshfaq07)Photo by Ali Ashfaq (@AliAshfaq07)Photo by Ali Ashfaq (@AliAshfaq07)Photo by Ali Ashfaq (@AliAshfaq07)Photo by Ali Ashfaq (@AliAshfaq07)Photo by Ali Ashfaq (@AliAshfaq07)Photo by Ali Ashfaq (@AliAshfaq07)Photo by Ali Ashfaq (@AliAshfaq07)Photo by Ali Ashfaq (@AliAshfaq07)Photo by Ali Ashfaq (@AliAshfaq07)
Boarding pass in hand, football on the screen. ✈️⚽ Because World Cup moments follow you everywhere. 🏆
1
28
66
11,544
Ali Ashfaq retweeted
މިރޭ ފަށާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފޯރި ފާހަގަކުރުމަށް، މި ކުންފުނީގެ ގިނަ މުވައްޒަފުން މިއަދު އޮފީހަށް އައިސްފައިވަނީ އެ މުވައްޒަފުން ސަޕޯޓްކުރާ ޓީމުތަކުގެ ކުލަތަކުގައި. މިފަދަ ޙަރަކާތްތަކަކީ މުވައްޒަފުންގެ ރޫޙާއި ގުޅުން ވަރުގަދަކޮށް ބަދަހިކުރުމަށް ލިބޭ ފުރުޞަތެއް. #ވޯލްޑްކަޕް2026 #ބޯޅަފޯރި #ޓީމްސްޓެލްކޯ.
15
14
2,451
Ali Ashfaq retweeted
އިޚުލާސްތެރިކަމާއެކު 37 އަހަރާއި 7 މަސްދުވަހު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި އަލްފާޟިލް މުޙައްމަދު އިބްރާހީމް ވަނީ ޝަރަފްވެރިކަމާއައެކު ރިޓަޔަރކުރައްވާފައި. މިވަގުތު މުޙައްމަދު އިބްރާހިމްގެ ބަލި ހާލަތު ހުރިގޮތުން، ކުންފުނީގެ ރިޓަޔަރމަންޓް ހަފްލާގައި ބައިވެރިވެވަޑައިގެންނެވެން ނެތުމާއި ގުޅިގެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވަނީ މުޙައްމަދު އިބްރާހިމްގެ ގެއަށް ޒިޔާރަތްކުރައްވާ، ކުންފުނީގެ ހިދުމަތުގައި ހޭދަ ކުރެއްވި ދިގު މުއްދަތުގައި ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރައްވާ ޝުކުރު ދަންނަވާފައި. މުޙައްމަދު އިބްރާހީމް ރިޓަރ ކުރެއްވިއިރު ހުންނެވީ މި ކުންފުނީގެ އިންވެންޓްރީ މެނޭޖްމަންޓް ޔުނިޓްގެ ސަރވިސް މެނޭޖަރގެ މަޤާމުގައި.
1
15
22
6,017
Ali Ashfaq retweeted
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމުކޮށްގެން ބޭއްވި "މަސައްކަތްތެރިންގެ ދުވަހުގެ ރެލީ 2026" ގައި މި ކުންފުނިން ވަނީ ބައިވެރިވެފައި. މަސައްކަތްތެރިންނަށް ލިބެންޖެހޭ އިޙްތިރާމާއި، ޙައްޤުތައް ހޯދައިދިނުމުގައި އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކު ހުރިހާ މަސައްކަތްތެރިންނާ އެކުގައި.
2
10
14
2,559
Ali Ashfaq retweeted
އޭސީކޮށްފަ ހުންނަ ތަންތަން، ފިނި ބޭރުނުވެ އަވި ނުވަންނަ ގޮތަށް ބަހައްޓާ! ކުޑަކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް!
4
13
2
10
6,566
Ali Ashfaq retweeted
ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއައެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްސަ ޙަފްލާގެ ތެރެއިން. މިއަދު ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔަރ ކުރެއްވި ބޭފުޅުންނަކީ؛ ސީނިއަރ ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު ޔޫސުފް މަނިކު، ޚިދުމަތުގައި 46 އަހަރާއި 10 މަސް އެސިސްޓަންޓް ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު ޙުސައިން، ޚިދުމަތުގައި 34 އަހަރާއި 10 މަސް
2
16
17
4,638
Ali Ashfaq retweeted
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެޗްޑީސީގެ އިސްވެރިންނާއި، މި ކުންފުނިން މިއަދު ވަނީ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައި. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމަށްޓަކައި، ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމާއި، މިދިޔަ އާދިއްތަ ދުވަހުގެ ރޭ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ އިތުރުން، ދެވަނަ ފިޔަވަހީގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރ އަޅާފައިވާ އިތުރު ކޭބަލްތައް 'އެނަޖައިޒް' ކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށް ވަނީ މަޝްވަރާ ކުރެވިފައި. އެ ކޭބަލްތަށް އެނަޖައިޒް ކުރެވިއްޖެ ނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަ ކުރެވި އެކަމުގެ ފަސޭހަތައް ލިބިގެންދާނެ.
3
21
1
19
4,510
Ali Ashfaq retweeted
ސްޓެލްކޯ ޢާއިލީ ޢީދު މަޖާ 🎪🪇✨ މަޖާ ކުޅިވަރުތަކާއި ހަދިޔާތަކާއެކު މި ފިޠުރު ޢީދުގައި މުޅި ޢާއިލާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަށް ދަޢުވަތު އަރުވަން. 🎁🎉🥳 ޢީދު ހަވީރު 1447 | 20-22 މާރިޗު 2026 | 16:00 - 18:00 | ހުޅުމާލެ، ސެންޓްރަލް ޕާކް
1
11
9
1,554
Ali Ashfaq retweeted
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އެންމެހައި ލޮބުވެތި އަންހެނުންނަށް އަރިސްކުރަން. މުޖުތަމަޢުގެ އެންމެހައި ކަންކަމުގައި ތިޔަ ބޭފުޅުންގެ ޙިއްސާއަކީ އަގުނުކުރެވޭފަދަ މުހިއްމު ޙިއްސާއެއް. މިއަދު މި ފާހަގަކުރެވެނީ ތިޔަ ހިތްވަރާއި، ކެރުންތެރިކަމާއި ވިލުންތެރިކަން. #އަންހެނުންގެދުވަސް
10
8
664
Ali Ashfaq retweeted
ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް އިސްތިގުބާލުކުރުމުގެ ގޮތުން، ސްޓެލްކޯގެ އެންމެހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ދީނީ ނަސޭހަތް ދިނުމުގެ ހާއްސަ ސެޝަނެއް މިއަދު ވަނީ ބާއްވާފައި. މި ސެޝަންގައި މުވައްޒަފުންނަށް ދީނީ މައުލޫމާތު ދެއްވީ އައްޝައިހް އަތީފް އަބޫބަކުރު. އަތޮޅުތެރޭ އިންޖީނުގެތަކުންވެސް ލައިވް ސްޓްރީމް މެދުވެރިކޮށް ބަލަމުންދިޔަ މި ސެޝަންގައި ޝައިހް ދެއްކެވި ވާހަކަފުޅުގައި ރަމަޟާން މަހުގެ މާތްކަމާއި، އެ މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތްތަކާ ގުޅޭގޮތުން ވަރަށް އިލްމީ އަދި މައުލޫމާތު މުއްސަނދި ނަސޭހަތާއެކު އިރުޝާދުތަކެއް ވަނީ ދެއްވަވާފައި. މިފަދަ ސެޝަންތަކުގެ މަގުސަދަކީ ރަމަޟާން މަހާ ކުރިމަތިލާއިރު، މުވައްޒަފުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް، އަޅުކަމަށް ހާއްސަ ސަމާލުކަމެއްދީ، ހެޔު އަމަލު ކުރުމުގައި ދެމި ތިބުމަށް ހިތްވަރުދިނުން.
1
12
12
1,110
Ali Ashfaq retweeted
"އަޅުގަނޑު ދެކޭގޮތުގައި މި ތަމްރީނު ޕްރޮގްރާމްގެ (ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ) އެންމެ ބޮޑު ކާމިޔާބީއަކަށްވާނީ، ބައިވެރިން އެނބުރި ރަށަށް ގޮސް، މި ޕްރޮގްރާމުން ލިބިގަތް ޢިލްމާއި ހުނަރުގެ ބޭނުން ހިފައި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ތަޖުރިބާ ހިއްސާކޮށް، އޭގެ މަންފާ ރަށްރަށަށް ލިބިގެންދިއުން." ޑރ. އަލީ އަޒުވަރު (ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ)
1
11
11
1,065
Ali Ashfaq retweeted
ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ އިން ހިންގި "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ" ގެ ދެވަނަ ބެޗްގެ ތަމްރީނުތައް މި މަހުގެ 4 އިން 12 އަށް ވަނީ ކުރިއަށްގެންގޮސްފައި. މި ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ވަނީ ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި. މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމާއި، ކަމިންސް ކޭޓީއޭ 19 އިންޖީނާއި ގުޅުންހުރި ފަންނީ މަޢުލޫމާތާއި ޢަމަލީ ތަމްރީނުގެ އިތުރުން، ފަސްޓް އެއިޑާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވަނީ އަލިއަޅުވާލާފައި.
1
8
9
690
Ali Ashfaq retweeted
ކ. ހިންމަފުށީ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ފެނުގެ ކޮލިޓީ ޓެސްޓުކުރުމާއި ލެބޯޓްރީ މަސައްކަތްތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައި. މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ފެނުގެ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތައް ހިފެހެއްޓުމަށް ބޭނުންވާ ފަންނީ ހުނަރާއި މަޢުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދީ، ޢާންމުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުން.
7
7
993
Ali Ashfaq retweeted
ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ. މިކަމުގައި ހުރިހާ ކަސްޓަމަރުން ވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވުން އެދެން.
5
41
42
4,466
Ali Ashfaq retweeted
މަރުޙަބާ ޤައުމީ ފުޓްސަލް ޓީމް! ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކާމިޔާބުކުރުމަކީ މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ފަޚުރެއް. މި ތާރީޚީ ކާމިޔާބީއަށްޓަކައި ސްޓެލްކޯގެ އިސްވެރިންނާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށާއި، ކޯޗުން އަދި އޮފިޝަލުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަން. ތިޔަ ހޯއްދެވި ކާމިޔާބީއާއި މެދު އަޅުގަނޑުމެން ފަޚުރުވެރިވަން. ދިވެހި ޤައުމަށް މިފަދަ އިތުރު ކާމިޔާބީތަކާއި ރީތި ނަން ހޯދައިދިނުމުގައި ޤައުމީ ޓީމަށް އަބަދުވެސް ކުރިއެރުމާއި ތައުފީޤު މިންވަރުކުރައްވާށި. އާމީން!
12
15
945
Ali Ashfaq retweeted
މި ކުންފުނި ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޑރ. ޢަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން މިއަދު ވަނީ، ސަރުކާރުގެ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން އެއާކޮންޑިޝަން ކުރުމުގެ މަސައްކަތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން، ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް އަދި ޢިމާދުއްދީން ސްކޫލަށް ޒިޔާރަތްކުރައްވައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ.
1
16
1
15
1,840
Ali Ashfaq retweeted
ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މި މަސައްކަތުގެ ސަބަބުން މި ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ.
1
12
16
2,277
Ali Ashfaq retweeted
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް މިއަދު ވަނީ ސެޓިފިކެޓް ހަވާލުކޮށްފައި. "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ" ގެ ނަމުގައި މި މަހުގެ 4 އިން 12 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގެ ފުރަތަމަ ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ވަނީ ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި. މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަތުމާއި، ކަމިންސްގެ ވެބްސައިޓް މެދުވެރިކޮށް ސްޕެއާ ލިސްޓު ތައްޔާރުކުރާނެ ގޮތްތަކާއި، ސަރވިސް މެނުއަލް ބޭނުންކުރާނެ ގޮތުގެ ފަންނީ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައި. މީގެ އިތުރުން، އިންޖީނު އެއްކޮށް ރޫޅާލައި އަލުން ރޭވުމުގެ ޢަމަލީ ތަމްރީނާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވެސް މި ޕްރޮގްރާމުގައި ވަނީ އަލިއަޅުވާލާފައި.
21
18
1,998