
Former Member of Parliament - Villufushi constituency. Special Political Advisor to Leader of JP @qasimibrahim . Certified FIFA referee.
Joined May 2012
- Tweets9.2K
- Following16.4K
- Followers36.8K
- Likes883
ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުންތަކާއި ތަހުނިޔާ، އެންމެހައި ލޮބުވެތި ދިވެހި އަޚުންނާއި އުޚުތުންނަށް އިޙްތިރާމާއެކު އަރިސްކުރަމެވެ.
"އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމަކީ އަބަދުމެ މިނިވަންކަންމަތީ ދެމިއޮންނަ ޤައުމެއް ކަމުގައި ލައްވާށިއެވެ! އާމީން."
2
1
384
އިދިކޮޅުގައި ތިބެ ސަރުކާރަށް ފާޑުކިއުމަކީ ވަރަށް ފަސޭހަކަމެއް ނަމަވެސް މާޒީގައި އެފަދަ ބޭފުޅުންށް އަމަލީ ގޮތުން ވެރިކަން ކުރުމުގެ ފުރުސަތު ލިބުމުން ކަންކުރި ކިހިނެއް ؟
އެ ވެރިކަންތަކުގައި ފެނިގެންދިޔައީ ދައުލަތުގެ އަގުހުރި މުދާތައް ނުއަގުގައި ވިއްކާލައި، ބޭރުގެ ނުފޫޒުތަކަށް ގައުމު ދޫކޮށްލި ހިތާމަވެރި މަންޒަރެވެ.
އދ. ފަދަ ބައިނަލްއަގުވާމީ މައިދާންތަކުގައި ގައުމީ މަސްލަހަތު އެއްކައިރިކޮށް، އެހެން ފަރާތްތަކުގެ ރުހުން ހޯދުމަށް ވޯޓުދީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ގޮތަށް އަމަލުކުރަމުން ދިޔައެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެންދިޔަ ދިއުމާއި، ދައުލަތް ބޮޑުތަނުން ދަރަނިވެރިވެ، ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ގައުމު ވައްޓާލިކަމީ ފެންނަން އޮތް ހަގީގަތެކެވެ.
ހައިރާންވާންޖެހޭ ކަމަކީ، ގައުމު މި ނިކަމެތި ހާލަތަށް ވައްޓާލި ފަރާތްތަކުން މިއަދު އެންމެ ބާރަށް އަޑުއުފުލަމުންދާ ކަމެވެ.
ނަމަވެސް، މި ސަރުކާރުން ވަނީ ގައުމު އިތުރަށް ދަރަނިވެރިވިޔަ ނުދީ، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތަކާއި ހަދާފައިވާ ނުރައްކާތެރި އެއްބަސްވުންތަކުގެ ބުރައިން ގައުމު ސަލާމަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
ވަކިން ހާއްސަކޮށް، ގައުމުގެ ސަލާމަތާއި ދިފާއީ ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލް ދިވެހިންގެ އަތްމައްޗަށް އަލުން އަނބުރާ ގެނައުމަކީ ފާހަގަކޮށްލަންޖެހޭ ބޮޑު ކާމިޔާބީއެކެވެ.
ދައުލަތުގެ އެއްވެސް މުދަލެއް ނުވިއްކައި، އިތުރު ބޮޑެތި ލޯނުތަކަށް ބަރޯސާނުވެ، ވާރުތަވި ބޮޑެތި ދަރަނިތައް ރީސްޓްރަކްޗާނުކޮށް ގަވާއިދުން ދައްކަމުން ދިއުމަކީ ހަގީގަތުގައިވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ދުނިޔޭގެ މަސްރަހުގައި، ހާއްސަކޮށް ޔޫރަޕާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ ބޮޑެތި އިގުތިސާދުތައް ހީނަރުވަމުންދާ މިފަދަ ދަތި ދަނޑިވަޅެއްގައި، ރާއްޖޭގެ އިގުތިސާދު ބަނގުރޫޓުވިޔަނުދީ ހިފަހައްޓައިލެވުމަކީ ޝުކުރުވެރިވާންޖެހޭ ކަމެކެވެ.
މިއަދު އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާއިރު، ގައުމުގެ ހައްގުގައި މިހާތަނަށް ކުރެވިފައިވާ އަދި ކުރަމުންދާ މުހިންމު އިސްލާހީ މަސައްކަތްތަކުގެ އަގު ވަޒަންކުރަންޖެހެއެވެ.
ރަސްމާލެ ބޭރު ފަރާތަކަށް ވިއްކާލާ މައްސަލައިގައި، އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތަކާއި ސަރުކާރުގެ ވާހަކަތައް ދިމާނުވާކަން ފާހަގަކުރެވެއެވެ."
ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތައް ބައްޓަންވެފައިވާ ގޮތުން، ރާއްޖޭގެ އެއްވެސް ރަށެއްގައި ނުވަތަ އެއްވެސް ސަރަހައްދެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އުޅުމުގެ ފުރުސަތެއް ނޯންނާނެކަމެވެ.
ހަމައެއާއެކު، ދައުލަތުގެ މިލްކިއްޔާތުގައިވާ އެއްވެސް މުދަލެއް ނުވަތަ ބިމެއް ކޮންމެ ފަރާތަކަށް ވިއްކައިލި ކަމުގައި ވިޔަސް ނުވަތަ ކުއްޔަށް ދިން ކަމުގައި ވިޔަސް، އެ ތަނެއްގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބާރެވެ.
އެހެންކަމުން، ސަރުކާރުން އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ގާއިމުކުރާނަމަ، މި ދެންނެވި އަސާސްތަކާ ޚިލާފަށް އެފަދަ އެއްބަސްވުމެއް ވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.
ރައީސް މުޢިއްޒަކީ ޤައުމު އެފަދަ އަނދަވަޅަކަށް ވައްޓާލައްވައި، ޤައުމު އަޅުވެތިކުރައްވާނެ ބޭފުޅެއް ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ.
@MMuizzu
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި
raajje.mv/193258
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު މި ލޮބުވެތި ވަޠަނުގެ ދިފާޢުގައި ޝަހީދުވެދިޔަ އެންމެހައި ޤައުމީ ބަޠަލުން ދެއްކެވި މަތިވެރި ޖިހާދާއި، ސާބިތުކަމާއި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ.
އެ ބިރުވެރި ދުވަހު މި ލޮބުވެތި ދިވެހިރާއްޖެއަށް މާތް ﷲ މިންވަރުކުރެއްވި މަތިވެރި ނަޞްރާއި ކާމިޔާބީއަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އެދުވަހު ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވި މާތް ޝަހީދުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، އެ ބޭފުޅުންގެ ޢާއިލާތަކަށް ކެތްތެރިކަމާއި ހެޔޮ ރަޙްމަތް ލެއްވުމެވެ. އާމީން.
600
މިއީ މާޒީގެ ތެރެއިން ހަނދާން އައުކޮށްދޭ ފޮޓޯއެކެވެ. މިއިން ބުނެދެނީ ވަރަށް ފުން،
ގިނަގުނަ ވާހަކަތަކެކެވެ.
މިއީ ނިއުރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި ފޯރިގަދަ މެޗެއްގެ ތެރެއިންނެވެ.
ހަގީގަތުގައި ވެސް، އެއްވެސް ކަމަކީ އަބަދު އެއްގޮތަކަށް ދެމިއޮންނާނެ ކަމެއް ނޫނެވެ!
6
12
4,438
ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އުފެދިފައިވާ
އަދި އުފައްދަމުންދާ ސުވާލުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މި އިންޓަވިއުއިން ވަރަށް ސާފު އަދި ފުރިހަމަ ޖަވާބުތަކެއް ލިބިގެން ހިނގައްޖެއެވެ.
އެކި ފަރާތްތަކުން ތަފާތު ޚިޔާލުތައް ފާޅުކުރި ނަމަވެސް، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަކީ އެއްވެސް ފަރާތަކަށް އުނިކުރެވޭނެ ނުވަތަ ބަދަލުކުރެވޭނެ ޙައްޤުތަކެއް ނޫނެވެ.
އަދި ޤާނޫނުއަސާސީގެ އިމުން ބޭރުން ކުރެވޭ ކޮންމެ ކަމަކީ ބާޠިލު ކަމެކެވެ.
އެހެންކަމުން، ޤައުމީ ތަރައްޤީ އާއި ކުރިއެރުމާ ގުޅޭ ކަންކަމުގައި ހަމައެކަނި ސިޔާސީ ނަޒަރަކުން ފާޑުކިޔުމުގެ ބަދަލުގައި، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ޤައުމަށާއި ރައްޔިތުންނަށް ލިބެންހުރި މަންފާތަކަށް އިސްކަންދިނުން މާ ބުއްދިވެރިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ:
(ހ) ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެވެ.
(ށ) ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެއެވެ.
ހަމައެއާއެކު، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑާއި ޤައުމީ ވަޙުދަތު ބިނާވެގެންވަނީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައެވެ.
އެހެންކަމުން، މި ބިމުގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެއްވެސް ޖާގައެއް ނޯންނާނެއެވެ. @MMuizzu
Project launched to construct 100 houses in Vilufushi | english.sun.mv/20245
1
375
Riyaz Rasheed retweeted
Gobe Shugaban Kasa Tinubu zai kaddamar da wani bangare na hanyar Abuja–Kaduna–Zaria–Kano a kauyen Tamburawa.
Shugaban Kasar kuma zai kaddamar da kilomita 30.58 a Kano daga asibitin koyarwa na Aminu Kano zuwa Karfi da wasu sassa na Kunkumi.
#ArewaForAsiwaju
#A4A
އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނިކޮށް، ހޫޘީންގެ މިސައިލެއް ސައުދީން ދިފާއުކޮށްފި
raajje.mv/192041
އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން
raajje.mv/191956
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ އުޅަނދުފަހަރުގެ އަދަދު އަދިވެސް ހުރީ ދަށްކޮށް
raajje.mv/b/Njc0LTEzODUy
Dhivehi thaareeh nudhekey fadha biya mashroou eh, jumla agu 20 billion dollar ah araa mmtv.mv/20605
Ras Online - ސޫރަތުއް ރަޙްމާން ތިލާވަތް ކުރުމަކީ ކެންސަރު ބަލިން މިންޖުވުމަށް ލިބުނު އެންމެ ބޮޑު ޝިފާ: ނައުމާން އިޖާޒް ras.mv/post/68380?
2
965
ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
raajje.mv/189539
ޑޮލަރު މައްސަލަ ޙައްލުކުރަން ނިންމި ނިންމުމަށް ރިޔާޟްގެ ތަޢުރީފު!
aslu.com.mv/N1pD
ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ދަނީ ރާއްޖެއަށް ވެސް ކުރަމުންނެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކުރެވޭ ކޮންމެ ކަމަކީ ޤައުމުގެ މަޞްލަޙަތާއި ލާބައަށްޓަކައި ކުރެވޭ ކަމަކަށް ވާންޖެހެއެވެ.
މިވަގުތު އިދިކޮޅު ފަރާތްތަކުގެ ޒިންމާއަކަށް ވާންވާނީ ވެސް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދީ، ޤައުމީ މަޞްލަޙަތު އިސްކުރުމެވެ.
މި ޤައުމުގެ އިޤްތިޞާދު ފުނޑުފުނޑުވެ ބަންގުރޫޓު ވެއްޖެނަމަ، އެކަމާ ހިތާމަ ނުކުރާނެ ހަމަ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ.
އަދި އޭގެ ހިތި އަސަރު ނުފޯރާނެ އެކަކުވެސް މި ޤައުމަކު ނުހުންނާނެއެވެ. ދައުލަތް ބަންގުރޫޓު ވެއްޖެނަމަ، އާންމު ރައްޔިތުންނެކޭ އެއްފަދައިން، ދައުލަތުގެ ބަޖެޓުން ބޮޑު ޢިނާޔަތްތަކާއި ޚަރަދުތައް ލިބިވަޑައިގަންނަވާ ސިޔާސީ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ ވެސް ހުއްޓުމަކަށް އަންނާނެއެވެ.
ހަމައެއާއެކު، ކުރީގެ ރައީސުންނާއި، ރިޓަޔަރޑް ފަނޑިޔާރުންނާއި، ފުލުހުންނާއި ސިފައިންގެ އިސްވެރިންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ ބޮޑެތި ޢިނާޔަތްތައް މެދުކަނޑާނުލައި ފަރުޖެއްސޭނެ އެއްވެސް ގޮތެއް އޮންނާނެތޯއެވެ؟
މި ސަރުކާރުން ވެރިކަމާ ޙަވާލުވިފަހުން،
ކުރީގެ ސަރުކާރުތަކުން ނަގާފައިވާ އެއް ބިލިއަން ޑޮލަރުގެ ލޯނު މިހާތަނަށް ދައްކާފައިވާއިރު،
ވިޔަފާރިތަކަށާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް އެމް.އެމް.އޭ އިން ޑޮލަރު ދޫކުރަމުން ދަނީ ދައުލަތަށް ލިބޭ ބޭރު ފައިސާގެ ތެރެއިންނެވެ.
ސަރުކާރަކީ އަމިއްލައަށް ބޭރު ފައިސާ ވަންނަ ވިޔަފާރިތައް ހިންގާ ފަރާތެއް ނޫންކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ.
ދައުލަތަށް ބޭރު ފައިސާ ލިބެނީ ރިސޯޓުތަކުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ދައްކާ އެކި ބާވަތުގެ ޓެކުހުންނެވެ.
ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެންދާ މައިގަނޑު ސަބަބަކީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ފައިސާ ބޭންކިން ނިޒާމަށް ނުވައްދާ، ކަޅުބާޒާރުގައި ބޮޑު އަގުގައި ވިއްކާތީކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
ޑޮލަރުގެ މައްސަލަ އަތްނުފޯރާ ފަށަށް ދިއުމުން، ޤަވާޢިދުތައް ހަރުކަށިކޮށް ބޮޑެތި އަދަބުތައް ކަނޑައެޅުމަކީ އެއްވެސް ވެރިއަކު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ.
ނަމަވެސް، ޙާލަތު އިންތިހާއަށް ގޯސްވެގެން ދިއުމުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ކޮންމެ ސަރުކާރަކަށް ވެސް މަޖުބޫރުވާނެއެވެ.
ޑޮލަރުގެ ކަޅުބާޒާރަކީ ހަމައެކަނި މި ސަރުކާރުގައި އުފެދުނު ކަމެއް ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ ސަރުކާރަކަށް މި ގޮންޖެހުން ކުރިމަތިވިއެވެ.
ނަމަވެސް، މީގެ ކުރިން ހުރިހާ ސަރުކާރަކުން ވެސް މި ވާހަކަ ދެއްކުން ފިޔަވައި، މައްސަލަ ޙައްލުކުރުމަށް ޢަމަލީ ސިފައެއް ގެނެވިފައެއް ނުވެއެވެ.
އަސްލު މައްސަލައަކީ، ރާއްޖޭގައި 200 ވުރެ ގިނަ ރިސޯޓު ހިންގަމުންދާއިރު، އޭގެ 70 އިންސައްތައަކީ ބޭރުގެ އިންވެސްޓަރުން ހިންގާ ތަންތަނަށް ވެފައި، އެ ފަރާތްތަކަށް ލިބޭ އާމްދަނީ އެއްކޮށް ރާއްޖެއިން ބޭރުކުރަމުން ދިޔުމެވެ.
މިއީ ކޮންމެހެން ވެސް ޙައްލުކުރަން ޖެހިފައި އޮތް ބޮޑު މައްސަލައެކެވެ. އެހެންކަމުން، ބޭރު ފައިސާއާ ގުޅޭގޮތުން މި ސަރުކާރުން ގެނައި މި ހަރުދަނާ ބަދަލަށް މަރުޙަބާ ކިޔަންޖެހެއެވެ.
މި ސަރުކާރުން ބޭރު ފައިސާއާ ގުޅޭ ގާނޫނަށް، ޤަވާޢިދުތަކަށް ގެނައި އިޞްލާޙުތަކުގެ ޙަޤީޤީ ފައިދާ ކުރާނީ ދިވެހި ރައްޔިތުންނަށާއި، އަންނަން އޮތް ޖީލުތަކަށާއި ކުރިއަށް އޮތް ސަރުކާރުތަކަށެވެ.
ޑޮލަރުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ކެރިގެން ނިންމެވި މި ހިތްވަރުގަދަ ނިންމެވުމަށްޓަކައި ރައީސް ޑރ. މުޢިއްޒަށް ޝުކުރު ޙައްޤެވެ.
ރައީސް ޑރ. މުޢިއްޒު ގެންނެވި މި ތާރީޚީ ބަދަލަށް މުޅި ދިވެހި ޤައުމު ފަޚުރުވެރިކަމާއެކު ތަޢުރީފު ކުރާނެ ދުވަހެއް އަދި އަންނާނެއެވެ.
އެމް.އެމް.އޭ އަދި ބޭންކުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްދުގައި ދައްކަމުންދާ ދޮގު ވާހަކަތަކާއި، ސޯޝަލް މީޑިއާގައި ފަތުރަމުންދާ ފިތުނަވެރި ޚަބަރުތައް ފެތުރުން ހުއްޓާލަން ޖެހެއެވެ.
އަޅުގަނޑު މި ވާހަކަތައް މި ހާމަކުރީ ވަކި ސަރުކާރަކަށް ސިޔާސީ ގޮތުން ތާޢީދުކުރުމުގެ މަޤްޞަދެއްގައެއް ނޫނެވެ.
މިއީ ޤައުމަށް އޮތް އިޚްލާޞްތެރި ލޯތްބާއި، ލޮލަށް ފެންނަންހުރި ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް، މި ލޮބުވެތި ވަޠަނުގެ މުސްތަޤްބަލަށާއި އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންގެ ޙައްޤުގައި ފާޅުކުރި އިޙްސާސްތަކެކެވެ.
ރައީސް މުއިއްޒު ނެއްލައިދޫއަށް ވެވަޑައިގެންނެވި މައިގަނޑު ދެ ވައުދުފުޅު: މަގު ހެދުމާއި ހައުސިންގ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
raajje.mv/188815







