ކުރީ ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ 2 ވަނަ ސްކީމަށް ފޯމް ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން ފުށިދިއްގަރުފަޅަށް ދިއުމަށް ފޯމް ހުށަ ނޭޅުއްވުމަށް ގޮވާލަން.
ބިންވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ނަމާއި އެޑްރެހާއި އެކު ގެޒެޓްކުރެވިފަވާ ގެޒެޓްގެ ލިންކް ހިއްސާކޮށްފއި ވާނެ އެވެ.
ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 18150 ފުލެޓަށް ފޯމް ހުށަހަޅާފައިވަނީ 21247 އާއިލާއިން ކަމަށާ، ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 14300 ގޯއްޗަށް ފޯމް ހުށަހެޅީ 19347 އާއިލާއިން ކަމަށް ވާއިރު، ޖުމުލަ 40،594 އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައި ވީ ނަމަވެސް، ދެވަނަ ސްކީމުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، މި ސަރުކާރުން ލަސްކުރަމުންދަނީ ވާދޫ ކަނޑުހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ކ. އަތޮޅު ދެކުނުބުރީ ގުޅި ކާރީގަ އޮންނަ ފުށިދިއްގަރުފަޅަށް 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ 40594 އާއިލާތަކުގެ މީހުން ގެންދިއުމަށް ކަމަށް ބެލެވޭ ކަމަށް ވެސް ޔުޓީއެފް އިން ބުނެފައި ވެއެވެ.
ރަސްމާލޭގެ ނަމުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރަންފެށި މަޝްރޫއަކީ، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކުރަންޖެހޭ މަޝްރޫއެއް ކަން ބަޔާންކޮށް ޔޫޓީއެފް އިން ބުނެފައި ވަނީ، ދެވަނަ ސްކީމުގެ 14300 ގޯއްޗާއި 18150 ފުލެޓް ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދުތަކަކީ ބްރިޖަކުން ގުޅާލެވޭ ތަންތަން ކަމަށް ވާއިރު، އަދި 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހަރަދު ކޮށްގެން ފުރަތަމަ ފިޔަވަހީގެ މި ރަށްތަކުން ހިއްކަން ކަނޑައަޅާފައިވާ 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތްތައް ގާއިމުކޮށް، މި ސަރަހައްދުތަކުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއޮއްވާ، އެތައްސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމަކީ ރައްޔިތުންގެ މުދަލުން އިސްރާފުކުން ކަމަށް އެ ޔޫނިއަން އިން ދެކޭ ކަމަށެވެ.
އަދި ކުރީ ސަރުކާރުން އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމާފައިވަނީ 645 ހެކްޓަރުގެ ބިން ކަމަށާ، އަދި އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން ޖުމުލަ 1050 ހެކްޓަރުގެ ބިން އިތުރުކުރެވެން ހުރިކަމަށް ކުރީ ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ޔުޓީއެފް އިން ބުނެފައި ވެއެވެ.
ރަސްމާލޭގެ ނަމުގައި ކުރާ ބޮޑު އިސްރާފާ ދެކޮޅަށް ތެދުވުމަށް ޔޫޓީއެފް އިން ގޮވާލައިފި fiyes.mv/3951
ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރތިލަފަޅުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ 50،000 އާއިލާއަށް އަލުން ފޯމް ހުށަހަޅަން ނުޖެހޭނެކަމަށް ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެފައިވާ ވައުދު ފުއްދުމަށް ފޭސް 3 ޔޫނިއަން އިން ގޮވާލައިފި. އަދި މިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، އެ ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ފުލެޓަށާއި ގޯއްޗަށް ދެވަނަ ފަހަރަށް ލީ މީހުންގެ ތެރެއިން އިވެލުއޭޓްނުކުރާ ފޯމުތައް އިވެލުއޭޓްކުރުމަށް ގޮވާލަން. މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދަށުން ހުޅުވާލި ފުރަތަމަ ފުރުސަތުގައި 9،000 މީހުންނަށް ފުލެޓު ދޭން އޭރު ކަނޑައެޅި ކަމަށާއި، ދެވަނަ ފުރުސަތުގައި ފުލެޓާއި، ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 41،000 މީހުންގެ ފޯމު އޮތީ އިވެލުއޭޓްނުކޮށް. މި 50،000 އާއިލާއަކީ ހަގީގަތުގައި މާލެ ސަރަހައްދުން ގޯތި ނުވަތަ ފުލެޓު ހޯދަން ހުށަހަޅައި، ފޯމު ބަލައިގެންފައިވާ މީހުންނާއި ފުލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތައް، އެހެންވީމާ ކޮން އުސޫލަކުން ކޮން ހަމައަކުންތޯ އެ މީހުން މާލެއަތޮޅު ދެކުނުބުރި ގުޅީ ކައިރީގަ އޮންނަ ފުށިދިއްގަރުފަޅަށް ފޮނުވާލަން މި ޖެހެނީ؟
އެމްޓީސީސީ އިން ކޮމާޝަލް ރޭޓުގައި 400 މިލިޔަން ޑޮލަރަށް ފުށި ދިއްގަރުފަޅު ހިއްކުމަށް މި ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް އެއަށްވުރެން 200 މިލިޔަން ޑޮލަރު އަގުބޮޑުކޮށް ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ބޭރުގު ކުންފުނިތަކަށް ދިނުމަކީ ސުވާލު އުފެދޭކަމެއް ކަމެއް.
fiyes.mv/3891
ފުށި ދިއްގަރުފަޅު ހިއްކުމަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށާ، އެތައްސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށް، ރައްޔިތުންގެ މުދަލުން އެކުރަނީ އިސްރާފު ކަމަށާއި އެއީ ބޮޑުވެގެންވާ ހިޔާނާތެއްކަމަށް، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. fiyes.mv/3878
ބިންވެރިޔާ ސްކީމްގެ ހައްގުވެރިން މަގުމަތިކޮށް، ރަސްމާލޭގެ ނަމުގައި ހިންގާ ބޮޑު އިސްރާފާ ދެކޮޅަށް ތެދުވުމަށް ގޮވާލައިފި.
ގުޅިމާލެ ހިއްކުމަށްވުރެ ކުޑަ ހޭދައަކުން ދެލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެން އެބައޮތް.
52 ހާސް އާއިލާއެއްގެ 2 ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ބްރިޖުން ގުޅާލެވެންހުރި، ހުޅުމާލެ އާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ބިންހިއްކަން ފަށާފައިވާ 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ނިންމުމަށް ފަހުގައި މެނުވީ ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ފުށިދިއްގަރުފަޅު "ގުޅިމާލެ" ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް، އެމްޑީޕީން ސަރުކާރަށް ގޮވާލައިފި.
"ބޮޑު ހަރަދެއް ކުރަންޖެހޭ "ގުޅިމާލެ" ހިއްކުމަށް ވުރެން، ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ގޮވާލަން"
މި ސަރަހައްދަކީ މުސްތަގްބަލުގައި އުތުރުތިލަފަޅުން ފެށިގެން ރަސްފަރި ފަޅާއި ހަމައަށް ކުދި ބްރިޖްތަކުން އިތުރު 5 ފަޅު ގުޅާލެވެންހުރި، ބިމުގެ ގޮތުން 3200 ހެކްޓަރުގެ ބިން އިތުރުކުރެވެން ހުރި ތަންތަނަށް ވުމުން މިއީ 8 ލައްކަ މީހުން އާބާދު ކުރުމުގެ ފުރުސަތުއޮތް ސަރަހައްދެއް ކަމަށް ވުމުން އެކަމަށް އިސްކަން ދެއްވުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި.
ކުރީ ސަރުކާރުގެ ބިންވެރިޔާގެ 2 ވަނަ ސްކީމުިން އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެއިން ދިނުމަށް ނިންމާފައިވާ 14300 ގޯއްޗަށް 19347 ފޯމް ހުށަހަޅާފައިވެއެވެ. ފޯމް ހުޅަހެޅި ފަރާތްތަކުގެ ނަމާއި އެޑްރެހާއި އެކު ގެޒެޓްކުރެވިފަިވާ ލިސްޓް. ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ސަރުކާރު ގެޒެޓްގެ ލިންކް ފެނިލައްވާނެ. ގޯއްޗާއި ފުލެޓްގެ ލިސްޓް ޑައުންލޯޑް ކުރެވޭނެ! ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 14300 ގޯއްޗަށް ފޯމް ހުށަހެޅީ 19347 އާއިލާއިންނެވެ. ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 18150 ފުލެޓަށް ފޯމް ހުށަހެޅީ 21247 އާއިލާއިންނެވެ. ޖުމުލަ 40،594 އަށް ވުރެ ގިނަ އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައި ވީ ނަމަވެސް، ދެވަނަ ސްކީމުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، މި ސަރުކާރުން ލަސްކުރަމުންދަނީ ވާދޫ ކަނޑުހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ކ. އަތޮޅު ދެކުނުބުރީ ގުޅި ކާރީގަ އޮންނަ ފުށިދިއްގަރުފަޅަށް 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ 40594 އާއިލާތަކުގެ މީހުން ގެންދިއުމަށް ކަމަށް ބެލެވޭ. ވީމާ 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން ފުށިދިއްގަރުފަޅަށް ދިއުމަށް ފޯމް ހުށަ ނޭޅުއްވުމަށް ގޮވާލަން. ސައުތު އޭޝިއާގައި ބިންހިއްކުމުގެ ގާބިލްކަން ލިބިފައިވާ ހަމައެކަނި ކުންފުނި ކަމުގައިވާ ރާއްޖޭގެ ރައްޔިތުންގެ ކުންފުނި އެމްޓީސީސީ އިން ކޮމާޝަލް ރޭޓުގައި 400 މިލިޔަން ޑޮލަރަށް ފުށި ދިއްގަރުފަޅު ހިއްކުމަށް މި ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް އެއަށްވުރެން 200 މިލިޔަން ޑޮލަރު އަގުބޮޑުކޮށް ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ބޭރުގު ކުންފުނިތަކަށް ދިނުމަކީ ސުވާލު އުފެދޭކަމެއް. ރަސްމާލޭގެ ނަމުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރަންފެށި މަޝްރޫއަކީ، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކުރަންޖެހޭ މަޝްރޫއެއް. ދެވަނަ ސްކީމުގެ 14300 ގޯތި ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދުތަކަކީ ބްރިޖަކުން ގުޅާލެވޭ ތަންތަން ކަމަށް ވާއިރު، އަދި 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހަރަދު ކޮށްގެން ފުރަތަމަ ފިޔަވަހީގެ މި ރަށްތަކުން ހިއްކަން ކަނޑައަޅާފައިވާ 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތް ގާއިމުކޮށް، މި ސަރަހައްދުތަކުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއޮއްވާ، އެތައްސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށް، ރައްޔިތުންގެ މުދަލުން އެ ކުރަމުންދަނީ ބޮޑުއިސްރާފެއް ކަމަށް ދެކެން. އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން އިތުރަށް ބިންހިއްކައިގެން 1050 ހެކްޓަރުގެ ބިން އިތުރުކުރަން ކުރީ ސަރުކާރުން ޕްލޭންކޮށްފައި ވެއެވެ. ފުށިދިއްގަރު ފަޅަކީ ބްރިޖަކުން ގުޅެންނެތް ސަރަހައްދަކަށް ވެފައި، ބްރިޖުން ގުޅާލެވޭ މިސަރަހައްދަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ދެ ސްކީމުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފުލެޓްގެ އިތުރުން އިތުރ 25 ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ދެވެންހުރި ތަންތަނަށް ވުމުން، ފުށިދިއްގަރު ފަޅު ހިއްކުމަށް މި ސަރުކާރުން ކުރާ އިސްރާފު ހުއްޓާލައި އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެއިން އިތުރު ގޯއްޗާއި ފުލެޓް ދިނުމަށް ގޮވާލަން. އަދި މި ސަރަހައްދަކީ އުތުރުތިލަފަޅުން ފެށިގެން ރަސްފަރި ފަޅާއި ހަމައަށް ކުދި ބްރިޖްތަކުން އިތުރު 5 ފަޅު ގުޅާލެވެންހުރި، ބިމުގެ ގޮތުން 3200 ހެކްޓަރުގެ ބިން އިތުރުކުރެވެން ހުރި ތަންތަނަށް ވުމުން މި ކަމަށް އިސްކަން ދިނުމަށް ރައީސް މުއިއްޒަށް އާދޭހާއިއެކު އިލްތިމާސް ދަންނަވަން.
ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ 2 ވަނަ ސްކީމުިން ހުޅުމާލެއިންް ދިނުމަށް ނިންމާފައިވާ 8000 ފުލެޓަށް ފޯރމް ހުށަހަޅާފައިވާ އާއިލާތަކުގެ ގެޒެޓް ލިސްޓު. 2 ވަނަ ސްކީމުގައި 18150 ފުލެޓް ދިނުމަށް ނިނަމާފައިވޭ. ގެޒެޓް ލިންކް!
gazette.gov.mv/iulaan/264301
Fahi Union adhi Uthuruthilafalhu Union ge faraathun baahvaa noosveringe bahdhaluvun
ރަސްމާލެ ހިއްކުން އެމްޓީސީސީއާ ހަވާލުނުކޮށް ކުރަމުންދަނީ ބޮޑު އިސްރާފެއް.
"ސައުތު އޭޝިއާގައި ބިންހިއްކުމުގެ ގާބިލުކަން ހުރި ހަމައެކަނި ކުންފުނި ރާއްޖޭގެ އެމްޓީސީސީ އިން ހުށަހެޅި އަގަށްވުރެ 200 މިލިޔަން ޑޮލަރު ބޮޑުކޮށް ބޭރުބަޔަކަށް ދިނުމަކީ ސުވާލު އުފެދޭކަމެއް" - ޔޫޓީއެފް
teapawt.net/i/broadcasts/1yN… teapawt.net/raajje_tv/status/20087…
Fahi Union adhi Uthuruthilafalhu Union ge faraathun baahvaa noosveringe bahdhaluvun teapawt.net/i/broadcasts/1yNGabBnB…
ބިންވެރިޔާގެ 2 ވަނަ ސްކީމް އަދި ގެދޮރުވެރިޔާގެ 2 ވަނަ ސްކީމުިން ގޯއްޗާއި ފުލެޓަށް އެދި ފޯރމް ހުށަހަޅާފައިވާ ފަރާތްތަކުގެ ގެޒެޓްކޮށްފައިވާ ލިސްޓު ހޯދުމަށް ތިރީގައިވާ ލިންކަށް ފިތާލާ!
ޝޯޓް ލިންކް: ކޮމެންޓް ނުވަތަ ރިޕްލައި އިން ފެނިލައްވާނެ! ނުވަތަ ތިރީގައިވާ ކިއުއާރް ކޯޑު ސްކޭން ކުރައްވާ!
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ކުރީ ސަރުކާރުން ހުޅުވައިލި ދެވަނަ ސްކީމުގެ، މުއްދަތު ހަމަވިއިރު 14،300 ގޯއްޗާއި 16،347 ފުލެޓަށް ކުރިމަތިލީ 40،594 އަށް ވުރެ ގިނަ އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައިވީ ނަމަވެސް، ދެވަނަ ސްކީމުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، ލަސްކުރަމުން މި ސަރުކާރުން ދާ ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ، އެ ތަންތަނުން ގޯތި އަދި ފުލެޓް ހޯދުމުގެ އުއްމީދުގައިތިބި ފަރާތްތަކަށް ހައްގުވެގެންވާ ބޯހިޔާވަހިކަން ލިބުމަށް އިތުރު ލަސްތަކަކާއި ކުރިމަތިކުރުވާނެ ކަމެއް ކަމަށް މި ޔޫނިއނުން ދެކެމެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ ސްކީމު 1 އަދި ސްކީމް 2 އިން 23،303 ގޯއްޗާއި 30،100 ފުލެޓަށް 53،403 އާއިލާއިން ކުރިމަތިލާފައި ވެއެވެ. އެއީ ނިސްބަތުން އާއިލާއެއްގައި ހަތަރު މެންބަރުން ތިބިކަމަށް ބެލި ނަމަވެސް، 2 ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ބޯހިޔާވަހިކަމަކަށް ވެގެންދާނެ އެވެ. ކިއުއާރް ކޯޑު ސްކޭން ކުރައްވާ!
ހައުސިންގ މިނިސްޓްރީން އޭރު ގެޒެޓްކޮށްފައިވާ ލިސްޓު ތިރީގައި އެވަނީއެވެ:
ބިންވެރިޔާ ސްކީމުގެ ފޭސް 2 އަދި ގެދޮރުވެރިޔާ ސްކީމުގެ 2 އިން ގޯއްޗާއި ފުލެޓަށް އެދި ފޯރމް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް ހޯދުމަށް ތިރީގައިވާ ލިންކަށް ފިތާލާ!
ޝޯޓް ލިންކް: tinyurl.com/Gedhoruveriya
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާގެ 2 ވަނަ ސްކީމް އަދި ގެދޮރުވެރިޔާގެ 2 ވަނަ ސްކީމުިން ގޯއްޗާއި ފުލެޓަށް އެދި ފޯރމް ހުށަހަޅާފައިވާ ފަރާތްތަކުގެ ގެޒެޓްކޮށްފައިވާ ލިސްޓު ހޯދުމަށް ތިރީގައިވާ ލިންކަށް ފިތާލާ!
ޝޯޓް ލިންކް: tinyurl.com/Gedhoruveriya
ނުވަތަ ތިރީގައިވާ ކިއުއާރް ކޯޑު ސްކޭން ކުރައްވާ!
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ކުރީ ސަރުކާރުން ހުޅުވައިލި ދެވަނަ ސްކީމުގެ، މުއްދަތު ހަމަވިއިރު 14،300 ގޯއްޗާއި 16،347 ފުލެޓަށް ކުރިމަތިލީ 40،594 އަށް ވުރެ ގިނަ އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައިވީ ނަމަވެސް، ދެވަނަ ސްކީމުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، ލަސްކުރަމުން މި ސަރުކާރުން ދާ ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ، އެ ތަންތަނުން ގޯތި އަދި ފުލެޓް ހޯދުމުގެ އުއްމީދުގައިތިބި ފަރާތްތަކަށް ހައްގުވެގެންވާ ބޯހިޔާވަހިކަން ލިބުމަށް އިތުރު ލަސްތަކަކާއި ކުރިމަތިކުރުވާނެ ކަމެއް ކަމަށް މި ޔޫނިއނުން ދެކެމެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ ސްކީމު 1 އަދި ސްކީމް 2 އިން 23،303 ގޯއްޗާއި 30،100 ފުލެޓަށް 53،403 އާއިލާއިން ކުރިމަތިލާފައި ވެއެވެ. އެއީ ނިސްބަތުން އާއިލާއެއްގައި ހަތަރު މެންބަރުން ތިބިކަމަށް ބެލި ނަމަވެސް، 2 ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ބޯހިޔާވަހިކަމަކަށް ވެގެންދާނެ އެވެ.
ހައުސިންގ މިނިސްޓްރީން އޭރު ގެޒެޓްކޮށްފައިވާ ލިސްޓު ތިރީގައި އެވަނީއެވެ:
ބިންވެރިޔާ ސްކީމުގެ ފޭސް 2 އަދި ގެދޮރުވެރިޔާ ސްކީމުގެ 2 އިން ގޯއްޗާއި ފުލެޓަށް އެދި ފޯރމް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް ހޯދުމަށް ތިރީގައިވާ ލިންކަށް ފިތާލާ!
ޝޯޓް ލިންކް: tinyurl.com/Gedhoruveriya
ނުވަތަ ތިރީގައިވާ ކިއުއާރް ކޯޑު ސްކޭން ކުރައްވާ!
ރަސްމާލެ ހިއްކުމަށްވުރެ ކުޑަ ހޭދައަކުން ދެލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެން އެބައޮތް fiyes.mv/3229
ނިމިދިޔަ ސަރުކާރުން މާލެ ސަރަހައްދުގެ ގެދޮރުވެރިކަމާއި ބިންވެރިކަމަށް ގެނެސްދެއްވި ހައްލުގެ ތެރެއިން ފުރަތަމަ ސްކީމާއި ދެވަނަ ސްކީމުގައި، ޖުމުލަ 23303 ގޯއްޗާއި 30100 ފުލެޓް ދިނުމަށް ނިންމާފައި ވެއެވެ.
ހުޅުމާލޭގެ ފޭސް-3 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅު، އަދި އުތުރުތިލަފަޅުން ބިން ހިއްކައި، ގޯތި ކަނޑައި ދިނުމަކީ، ގާތްގަނޑަކަށް 53 ހާސް ދިވެހި އާއިލާއަކަށް ލިބިގެންދާނެ ބޯހިޔާވަހިކަމެވެ. އެއީ ނިސްބަތުން އާއިލާއެއްގައި ހަތަރު މެންބަރުން ތިބިކަމަށް ބެލި ނަމަވެސް، ދެ ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ބޯހިޔާވަހިކަމަކަށް ވެގެންދާނެ އެވެ.
ރަސްމާލެ ހިއްކުމަށްވުރެ ކުޑަ ހޭދައަކުން ދެލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެން އެބައޮތް fiyes.mv/3229
ރާއްޖޭގެ ރައިޔަތުންގެ ޓެކްސް ލާރި ޚަރަދުކޮށްގެން، އެހެން ރަށްރަށުގައި ހިއްކާ ބިންތައް، އެ ރަށްރަށުގެ ރައިޔަތުންނަށް، ހިލޭ ދޭ އުސޫލުން، މާލޭގެ އުފަން ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނާއި، ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާތާ 20 އަހަރުވެފައިވާ ރައްޔިތުންނަށް، މާލެ ސަރަޙައްދުން ބިން ހިއްކާފަ ހިލޭ ބިން ދިނުމަށް ކުރީ ސަރުކާރުން ނިންމެވި ނިންމެވުމަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ، ހުރިހާ މައްސަލަތަކެއް، ފެށިގެން އަންނަން ދިމާވި، އަސްލު ސަބަބު ކަމުގައިވާ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ގެނެސްދެއްވި ދާއިމީ ޚައްލެއް ކަމުގައި ދެކެމެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނެސްދެއްވުމަށް އެ ސަރުކާރުން ގެނެސްދެއްވި ޚައްލަކީ، ހުޅުމާލެ ފޭސް 2 ގެ ފަޅުން ފޭސް 3 ހިއްކައި، ގުޅީފަޅާއި ގިރާވަރުފަޅުގެ އިތުރުން އުތުރުތިލަފަޅުން ބިންހިއްކައި، ގޯއްޗާއި ފްލެޓް ދިނުމަށް ނިންމަވައި، އަދި ތިލަމާލެ ބްރިޖުން މި ރަށްތައް ގުޅާލަދިނުމަށް ނިންމެވި، ނިންމެވުމެވެ.
އުތުރުތިލަފަޅު ޢާބާދުކޮށް މީހުން ދިރިއުޅެން ފެށުމުން، އުތުރުތިލަފަޅުން ފެށިގެން ރަސްފަރި ފަޅާ ދެމެދުގައިވާ، 3200 ހެކްޓަރުގެ ބިމުގެ ތަނަވަސްކަން ހުރި 6 ފަޅު ހިއްކައި ބްރިޖް ކަނެކްޓިވިޓީން ގުޅާލުމުން މުޅި އުމުރަށް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވުނީއެވެ. އަދި މިސަރަހައްދުތައް ތަރައްޤީވުމުން މާލެ ސަރަޙައްދުގައި ދަތި ކަމެއްނެތި 8 ލައްކަ ދިވެހި ރައިޔިތުންނަށް ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ބެލެވެއެވެ. ޖުމުލަކޮށް ބުނާނަމަ މިއީ މުޅި ދިވެހިރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެ ހައްލު ކަމުގައި ވެގެންދާނެ އެވެ.
ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތް 'ބިލޯ ރިޕްލޭސްމަންޓް ލެވެލް' އަށް ގޮސްފައި ވާކަމަށް ބޯހިމެނުމުގެ ރިޕޯޓުން ދައްކަ އެވެ. ބިލޯ ރިޕްލޭސް މަންޓް ލެވެލް އަކީ އުފަންވާ ރޭޓާއި މަރުވާ ރޭޓް އަޅާބަލާއިރު އާބާދީ އިތުރު ނުވެ ދަށްވާނެ ހާލަތު މެދުވެރިވުމެވެ.
9 އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ ތަފާސް ހިސާބުތައް 30 މާރޗް 2023 ގައި އާންމު ކުރިއިރު، ދިވެހިންގެ އާބާދީއަކީ 382751 މީހުންނެވެ. އަދި 132000 ބިދޭސީންނާ އެކު ރާއްޖޭގެ ޖުމްލަ އާބާދީ 515122 މީހުންނަށް އަރަ އެވެ. 2023 ގައި ހެދި ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ ދަރިމައިވުމުގެ ރޭޓްހުރީ 1.7 ގެ ނިސްބަތުގައި ކަމަށެވެ. މާނައަކީ ރާއްޖޭގައި މިހާރު ހޯދަނީ ދެ ކުދިންނަށް ވުރެ މަދުންނެވެ. އާބާދީއަށް ކޮންމެ ދެމަފިރިއެއްގެ ފަރާތުން މަދުވެގެން 2 ކުދިންނަށްވުރެ ގިނަކުދިން ހޯދަންޖެހޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ބޯހިމެނުން ދައްކާ ގޮތުން، ރާއްޖޭގެ އާބާދީގައި 15 އަހަރުން ދަށުގައި ތިބީ 20 ޕަސެންޓެވެ. މަސައްކަތް ކުރާ އުމުރުކަމަށް ބަލާ 15-64 އަހަރާ ދެމެދުގެ 76 ޕަސެންޓު މީހުން އަދި އުމުރުން ދުވަސްވީ ކެޓަގަރީ 65 އަހަރުން މަތީގެ ހަތަރު ޕަސެންޓް މީހުން ރާއްޖޭގައި އުޅެ އެވެ. އާބާދީއަށް އަންނަ ބަދަލުތަކަށް ބަލާއިރު 2030 ގެ ނިޔަލަށް 65 އަހަރުން މަތީގެ އާބާދީއަށް ހަތް ޕަސެންޓުގެ އިތުރުވުމެއް ފެންނާނެ އެވެ. އަދި 2050 ވަނަ އަހަރު އަންނައިރު އެ އަދަދު 14 ޕަސެންޓަށް އިތުރުވެ، 2050 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ އެވްރެޖު އުމުރު 47 އަހަރުން މައްޗަށް އަރާނެ ކަމަށް ޑިމޮގްރެފިކްސް ސާވޭތަކުން ދައްކަ އެވެ.
ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބޯހިޔާވަހިކަމާއި ގުޅުންހުރި މައްސަލަތަކާ ހެދި އާބާދީ އިތުރު ކުރުމުގެ ފުރުސަތު ގެއްލިފައި ވާކަމަށް ސުވާލުކުރެވުނު މީހުންގެ %85 މީހުން ބުނެފައި ވެއެވެ. އަބުރުވެރި ދިރިއުޅުމެއް އުޅެވެން އޮތީ ލިބޭ އަމްދަނީން ދެކޮޅުޖެހޭ ވަރުގެ ބޯހިޔާވަހި ކަމެއް މާލެ ސަރަހައްދުން ލިބިގެން ކަމަށް ބޯހިމެނުމުގައި ސުވާލުކުރުމުން ގިން މީހުން ބުނެފައި ވެއެވެ. އަދި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދަކުން އަވަސް ފުރުސަތެއްގައި އެކަށީގެންވާ އާމްދަނީ އާއި ބޭސް ފަރުވާ އާއި ތަޢުލީމް އުނގެނުމުގެ ފުރުސަތު ލިބޭނެކަމުގެ އުއްމީދެއްވެސް ނެތްކަމަށް ސުވާލުކުރެވުނު މީހުން ބުނެފައި ވެއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް، ކުރީ ސަރުކާރުން މާލެ ސަރަހައްދުގެ ގުޅީފަޅާއި، ގިރާވަރު ފަޅާއި، ހުޅުމާލެއިން ބޯހިޔާވަހި ކަމަށް ދޫކުރި ގޯއްޗާއި ފުލެޓް ހަވާލުކުރުމަށް ގޮވާލަމެވެ. އަދި އުތުރުތިލަފަޅުން ގޯއްޗާއި ހުޅުމާލެ އިން ފުލެޓަށް އެދި ގެދޮރުވެރިންގެ ޕޯޓަލް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އުތުރު ތިލަފަޅުން ގޯއްޗަށް ކުރިމަތިލާން ހުށަހެޅީ 19347މީހުންނާއި އަދި ހުޅުމާލެ އިން ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21247 މީހުންގެ ފޯމް ޕްރޮސެސް ކޮށް، ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ އާއިލާ ތަކުގެ ފޯމް އިވެލުވޭޓްކޮށް ބޯހިޔާވަހިކަމުގެ ފުރުސަތު ދިނުމަށް ރައީސް މުޢިއްޒު އަށް ގޮވާލަމެވެ.
ބޯހިޔާވަހިކަމުގެ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަދިނުމަށް ގޮވާލައިފި
"މި މަހުގެ 17އާ ހަމައަށް، ޑިމާންޑުތައް ފުރިހަމަ ނުވެއްޖެ ނަމަ، ސިލްސިލާ އިހުތިޖާޖުތަކުގައި ދެމިތިބޭނަން" ފޭސް 3 ޔޫނިއަން fiyes.mv/3291
Ras Online - މީހެއްގެ ބިމަކަށް ކައިވަތަކަށް އަރައިގަތަަސް ޤިޔާމަތްދުވަހުން ހަތް ބިމުން އޭނާގެ ކަރުގައި އޮޅާލެވޭނެ: އިލްޔާސް ras.mv/post/58836
ބޯހިޔާވަހިކަމުގެ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަދިނުމަށް "ފޭސް 3 ޔޫނިއަން" އިން ގޮވާލައިފި . ސަރުކާރުން އެ 6 ޑިމާންޑު ކަނުލައި އެއްސެވުމަށް އެދި، އެކްސް ޕޯސްޓުގައި ފޭސް 3 ޔޫނިއަން އިން ބުނެފައި ވަނީ، މި މަހުގެ 17އާ ހަމައަށް، ޑިމާންޑުތައް ފުރިހަމަ ނުވެއްޖެ ނަމަ، ބޯހިޔާވަހި ކަމުގެ އެއްވުމުގައި އިއުލާންކުރި ފަދައިން، ސަރުކާރާ ދެކޮޅު ސިލްސިލާ އިހުތިޖާޖުތަކުގައި އެ ޔޫނިއަން ވެސް ބައިވެރިވެ، ފުރިހަމަ އެއްބާރުލުމާ އެކު ދެމިތިބޭނެކަމަށެވެ.
ބޯހިޔާވަހި ކަމުގެ މައްސަލައިގައި ސަރުކާރަށް ހުށަހަޅާފައިވާ 6 ޑިމާންޑުގެ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބިވަޑައި ގަންނަވާނެ. fiyes.mv/3275
teapawt.net/phase3union/status/198…
31 އޮކްޓޫބަރު 2025 ވީ ހުކުރުދުވަހުގެ ރޭ ބޭއްވި ބޯހިޔާވަހިކަމުގެ އެއްވުމުގައި، ސަރުކާރަށް ހުށަހަޅާފައިވާ 6 ޑިމާންޑު ރަނގަޅަށް ކަނުލާ އަޑުއެއްސެވުމަށް ފަހު، 17 ނޮވެމްބަރު 2025ގެ ކުރިން އެ ޑިމާންޑުތަކަށް އަވަސް އިޖާބައެއް ސަރުކާރުން ދެއްވުމަށް އަޅުގަނޑުމެން ގޮވާލަމެވެ. އެދުވަހާއި ހަމައަށް، ޑިމާންޑުތައް ފުރިހަމަ ނުވެއްޖެ ނަމަ، ބޯހިޔާވަހިކަމުގެ މައުޟޫގައި ސިލްސިލާ އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، އެ އިހުތިޖާޖުތަކުގައި އަޅުގަނޑުމެން ވެސް ފުރިހަމަ އެއްބާރުލުމާ އެކު ދެމިތިބޭނެ ވާހަކަ ދަންނަވަމެވެ.
ބޯހިޔާވަހި ކަމުގެ މައްސަލައިގައި ސަރުކާރަށް ހުށަހަޅާފައިވާ 6 ޑިމާންޑުގެ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބިވަޑައި ގަންނަވާނެ.
fiyes.mv/3275
31 އޮކްޓޫބަރު 2025 ވީ ހުކުރުދުވަހުގެ ރޭ ބޭއްވި ބޯހިޔާވަހިކަމުގެ އެއްވުމުގައި، ސަރުކާރަށް ހުށަހަޅާފައިވާ 6 ޑިމާންޑު ރަނގަޅަށް ކަނުލާ އަޑުއެއްސެވުމަށް ފަހު، 17 ނޮވެމްބަރު 2025ގެ ކުރިން އެ ޑިމާންޑުތަކަށް އަވަސް އިޖާބައެއް ސަރުކާރުން ދެއްވުމަށް އަޅުގަނޑުމެން ގޮވާލަމެވެ. އެދުވަހާއި ހަމައަށް، ޑިމާންޑުތައް ފުރިހަމަ ނުވެއްޖެ ނަމަ، ބޯހިޔާވަހިކަމުގެ މައުޟޫގައި ސިލްސިލާ އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، އެ އިހުތިޖާޖުތަކުގައި އަޅުގަނޑުމެން ވެސް ފުރިހަމަ އެއްބާރުލުމާ އެކު ދެމިތިބޭނެ ވާހަކަ ދަންނަވަމެވެ.
ބޯހިޔާވަހި ކަމުގެ މައްސަލައިގައި ސަރުކާރަށް ހުށަހަޅާފައިވާ 6 ޑިމާންޑުގެ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބިވަޑައި ގަންނަވާނެ.
fiyes.mv/3275
ބޯހިޔާވަހިކަމުގެ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަދިނުމަށް ގޮވާލައިފި fiyes.mv/3291
ބޯހިޔާވަހި ކަމުގެ މައްސަލައިގައި އެމްޑީޕީން ސަރުކާރަށް 6 ޑިމާންޑެއް ހުށަހަޅައިފި. އެ 6 ޑިމާންޑު އިއްވައިދެއްވަމުން ބުނެފައިވަނީ، އެ ޑިމާންޑުތަކަށް މި ސަރުކާރުން ބީރުކަންފަތެއް ދީފިނަމަ، މި މަހުގެ 17 ގައި އެމްޑީޕީން ބާއްވާ، ބޮޑުމުޒާހަރާގެ ފަހުން ސިލްސިލާ އެއްވުނަތަކެއް މޭލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާނެ ކަމަށެވެ.














